Svoboda | Graniru | BBC Russia | Golosameriki | Facebook
ހީނާ ވަލީދު

މަރު ކޮމިޝަންގެ ރިޕޯޓް ހާމަކުރާނަން: ސަރުކާރު

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ މަސައްކަތްތައް ރައީސް އޮފީހަށް ލިބުމުން އެ މައުލޫމާތު ހާމަކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ކޮމިޝަންގެ ރިޕޯޓް ރައީސް އޮފީހަށް ލިބުނުހާ އަވަހަކަށް އެ މައުލޫމާތު އާންމުކުރާނެ ކަމަށެވެ.

ކޮމިޝަންގެ ރިޕޯޓް ހާމަކުރާނެ ކަމަށް ސަރުކާރުން ބުނެފައި މިވަނީ އެ ރިޕޯޓްތައް އާންމުކުރުމަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޖަމިއްޔާތަކަކުން ގޮވާލާފައި ވަނިކޮށެވެ.

މަރު ކޮމިޝަނުން ދަނީ މިމަހުގެ ނިޔަލަށް އެ ކޮމިޝަންގެ މަސައްކަތްތައް ނިންމުމަށް މަސައްކަތް ކުރަމުންނެވެ.

އެ ކޮމިޝަނުން ބައެއް މައްސަލަތައް ތަހުގީގު ކުރަމުންދާތީ އަދި އާއިލާތަކުގެ އެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކޮމިޝަންގެ މުއްދަތު މިމަހުގެ ނިޔަލަށް ދަންމާލައްވައިފަ އެވެ.

މަރުތައް ތަހުގީގުކުރާ ކޮމިޝަން އުފެއްދީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ.