Svoboda | Graniru | BBC Russia | Golosameriki | Facebook
މަރުތައް ތަހުގީގު ކުރާ ކޮމިޝަން

މަރު ކޮމިޝަން އުވާލައްވައިފި

މަރާލައިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަން މިއަދު އުވާލައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރެއްގައި ވިދާޅުވީ މަރު ކޮމިޝަން އުވާލެއްވީ އެ ކޮމިޝަނާ ހަވާލުކުރި މަސައްކަތްތައް ނިމުމުން ކަމަށެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިކޮމިޝަން އުފެއްދެވީ ނޮވެމްބަރު 17، 2018 ގައެވެ.

މަރު ކޮމިޝަނުން މަރުގެ މައްސަލަތަކެއް ބަލައި ތަހުގީގު ކުރި ނަމަވެސް އެ ކޮމިޝަންގެ ތަހުގީގަކަށް ބުރަވެ، އެއްވެސް މީހަކަށް ހުކުމެއް ކޮށްފައެއް ނުވެ އެވެ. އެކަމަކު 2019 އިން 2021 ވަނަ އަހަރާ ހަމައަށް މަރު ކޮމިޝަނަށް 5.5 މިލިއަނާ ގާތްކުރާ އަދަދެއް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވެ އެވެ.

މަރު ކޮމިޝަން އުވާލާފައިވަނީ އެ ކޮމިޝަން އުފެއްދި މަގުސަދު ހާސިލް ނުވުމާ ގުޅިގެން ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.