Svoboda | Graniru | BBC Russia | Golosameriki | Facebook
ކުޅިވަރު

މެޗުން ބަލިވި ނަމަވެސް ދީމާ ކުރި ހިތްވަރަށް ތައުރީފު ހައްގު

އޮލިމްޕިކްސްގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ކުޅުނު ފުރަތަމަ މެޗުގައި ޕޮލެންޑްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ވެގްޒީން ކަޓާޒީނާ އަތުން ބަލިވެއްޖެ އެވެ.

ދީމާގެ ފުރަތަމަ މެޗުގައި އޭނާ ބަލިވި ނަމަވެސް އޭނާ ދެއްކި ހިތްވަރަށް ތައުރީފު ހައްގެވެ.

ވެގްޒީން ކަޓާޒީނާ އަތުން ދީމާ ބަލިވެފައިވަނީ ސީދާ 4 ސެޓުންނެވެ. ފުރަތަމަ ދެ ސެޓު އޭނާ ކާމިޔާބު ކުރީ 11-5، 11-5 އިންނެވެ. އަދި ތިންވަނަ ސެޓު 2-11 އިންނެވެ.

ހަތަރުވަނަ ސެޓުގައި ދީމާ ވަނީ ކަޓާޒީނާއަށް ވަރުގަދަ ފައިޓެއް ދީ ރަނގަޅު ކުޅުމެއް ދައްކައި ހިތްވަރު ކޮށްފަ އެވެ. ފަހުގަޑީ ދީމާ އަށް ހެދުނު މިސްޓޭކަކުން ކަޓާޒީނާ އެ ސެޓު 11-8 ކާމިޔާބުކޮށް މެޗު ކާމިޔާބު ކުރީ އެވެ.

އެ މެޗުން ބަލިވުމުގެ ސަބަބުން ގުރޫޕް ސްޓޭޖަށް ވަނުމުގެ ފުރުސަތު ދީމާ އަށް ވަނީ ގެއްލިފަ އެވެ.

ދީމާގެ ފުރަތަމަ މެޗުގައި އޭނާ ބަލިވި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ދީމާގެ ހިތްވަރަށް ތައުރީފް ކުރައްވާފަ އެވެ.

"ތިޔަ ހިތްވަރާއި މޮޅު ކުޅުމަށް މުޅި ގައުމު ފަހުރުވެރިވޭ،" ރައީސް ވިދާޅުވި އެވެ.