Svoboda | Graniru | BBC Russia | Golosameriki | Facebook
އެކްސިޑެންޓް

އެކްސިޑެންޓްވުމުން ފިލި މީހުން އެދުނީ ލުއި އަދަބަކަށް!

ހުޅުމާލޭގައި ބުދަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު ފިލި މީހުން ލުއި އަދަބެއް ދޭން އެދެފި އެވެ.

މި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ނޫރަންމާގެއާގެ އިކްރާމުއްރަހްމާން އާއި މ. ލޭންޑް އޮފް ގާޑަން އިބްރާހީމް އިކްރާމް އަދި ގއ. ކަނޑުހުޅުދޫ، އާޒާދުގޭ، ޖިނާހް އިސްމާއީލް އެވެ.

މީގެ ތެރެއިން އިކްރާމުއްރަހްމާން އަދި އިބްރާހީމް އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބޭތިއްބުމަށް ކޯޓުން ވަނީ މިއަދު އަމުރުކޮށްފަ އެވެ. ޖިނާހް އިސްމާއީލް ބަންދު ކުރީ 15 ދުވަހަށެވެ.

މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދު ކުރި ދެ މީހުންގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި ދެ މީހުންވެސް އެ ދެ މީހުންގެ ދަރިން ތިބޭ ކަމަށް ބުނެ ކޯޓުގައި އެދުނީ ލުއި އަދަބެއް ދޭށެވެ.

މި އެކްސިޑެންޓް ހިނގީ ބުދަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހި ވިނަރެސް ފްލެޓް ކައިރީގަ އެވެ. މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް އެ ވަގުތު އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.

އެ ކާރުން ޖެހުމުން، ސައިކަލުގައި އިން މީހާ ވިއްސައިގެންދާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެ އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.