Svoboda | Graniru | BBC Russia | Golosameriki | Facebook
ރައީސް އަބްދުﷲ ޔާމީން

ދައުލަތުން އެދިގެން ރައީސް ޔާމީންގެ މައްސަލަ ކެންސަލްކޮށްފި

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދަން ތާވަލުކޮށްފައި އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހިޔާނާތުގެ މައްސަލަ، ދައުލަތުން އެދިގެން ކެންސަލްކޮށްފި އެވެ.

ޔާމީންގެ މައްސަލަ ކެންސަލް ކުރިއިރު، ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމުގެ މަސައްކަތް، ވެރިކަން ކުރާ ޕީއެންސީގެ ބޮޑު އަގުލަބިއްޔަތެއް އޮންނަ މަޖިލީހުން ވަނީ ފަށާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދަށް ތާވަލުކޮށްފައި އޮތުމަށް ފަހު، މައްސަލަ ކެންސަލް ކުރީ ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެންނެވެ. މިއީ، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލަ އެވެ.

މިއީ ވެރިކަން ބަދަލުވި ފަހުން މި މައްސަލަ ބާއްވަން ތާވަލު ކުރި ފުރަތަމަ ފަހަރެވެ.

ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގަ އެވެ.

ރައީސް ޔާމީންއާ ގުޅޭ މައްސަލައެއްގެ ޝަރީއަތް މާދަމާވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ތާވަލްކޮށްފައިވެ އެވެ. އެގޮތުން މާދަމާއަށް ތާވަލްކޮށްފައި އޮތީ ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާކުރުމުގެ ދައުވާ އެވެ.