Svoboda | Graniru | BBC Russia | Golosameriki | Facebook
ގައުމީ ދުވަސް

ދިވެހި ގައުމިއްޔަތުގެ އިސްވަރު އިފްތިތާހުކޮށްފި

ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން އުފެއްދެވި "ދިވެހި ގައުމިއްޔަތުގެ އިސްވަރު" އިފްތިތާހުކޮށްފި އެވެ

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި އިސްވަރު މިއަދު އިފްތިތާހު ކޮށްދެއްވީ ރައީސް މުއިއްޒު އެވެ.

އިސްވަރު ކައުންސިލްގައި ފަސް ދާއިރާ އަކުން ތަޖުރިބާކާރު ފަސް ބޭފުޅަކު ހިމެނެ އެވެ. އެގޮތުން އިސްވަރުގައި ހިމެނޭ ފަސް ދާއިރާ އަކީ ބަހާއި، ތާރީހާއި، ތަރިކައާއި، ސުމޭކު އަދި ފަންނުގެ ދާއިރާ އެވެ.

އިސްވަރު ކައުންސިލްގައި ހިމެނޭ ބޭފުޅުންނަށް އިސްވާރުކަން ހަވާލުކުރުމުގެ ލިޔުން މިޖަލްސާގައި ހަވާލުކޮށްދެއްވީވެސް ރައީސް މުއިއްޒު އެވެ.

އިސްވަރު ކައުންސިލްގައި ހިމެނޭ ބޭފުޅުން

  • މަރިޔަމް ތައުފީގާ - މ. ޑްރީމީލައިޓް (ދިވެހި ބަހުގެ އިސްވާރުކަން)
  • އަހްމަދު ޝާކިރު - މ. ކަށިމާ (ދިވެހި ތާރީހުގެ އިސްވާރުކަން)
  • ހަސަން ޒަރީރް - ސ. މަރަދޫ ލޮނުފެން (ދިވެހި ތަރިކަ އިސްވާރުކަން)
  • މުހައްމަދު އަބްދުލްގާދިރު - މ. ގޯޅިތެރޭގެ (ދިވެހި ސުމޭކުގެ އިސްވާރު)
  • އިޝާ އަބުލްއަޒީޒު - ހ. ހާލި (ދިވެހި ފަންނުގެ އިސްވާރު)

ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ މަޝްރޫއެއް ފެށުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިމަޝްރޫއުގެ ދަށުން ސަރުކާރުގެ އެކި އިދާރާތައް މެދުވެރިކޮށް ތަފާތު މަސައްކަތްތައް ފެށުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މިމަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖުގެ ފަރާތުންނެވެ.