Svoboda | Graniru | BBC Russia | Golosameriki | Facebook
Transfiguration pending
Jump to content

މައި ޞަފްޙާ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ދިވެހި ވީކިޕީޑިއާ އަށް މަރުޙަބާ،
މިއެކުމާފާނަކީ ކޮންމެ ބޭފުޅަކަށް ވެސް މިނިވަންކަމާ އެކު އުނިއިތުރު ގެނެވޭނެ އެކުމާފާނެކެވެ.
މިހާތަނަށް ދިވެހިބަހުން ޝާއިޢު ކުރެވިފައިވާ ލިޔުމުގެ ޢަދަދަކީ 3,122 އެވެ.
މި ހަފްތާ އަށް ހޮވާލެވިފައިވާ ލިޔުން
މައުމޫން ޢަބްދުލް ޤައްޔޫމް
މައުމޫން ޢަބްދުލް ޤައްޔޫމް

މައުމޫން ޢަބްދުލް ޤައްޔޫމް (އުފަންވެ ވަޑައިގަތީ 29 ޑިސެމްބަރ 1937) އަކީ 1978 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުން ފެށިގެން 2008 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަން ކުރެއްވި ބޭފުޅާއެވެ. ދިވެހިރާއްޖޭގެ ވެރިކަމާއި އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ 11 ނޮވެމްބަރ 1978 ގައި ރައީސް އިބްރާހީމް ނާޞިރު އަށް ފަހު ގައެވެ. ތިރީސް އަހަރުގެ ދިގު ވެރިކަމެއްކުރި، އެމަނިކްފާނު ހިމެނިފަވަނީ، އޭޝިއާ ބައްރުގެ އެންމެގިނަ ދުވަހު ވެރިކަމެއް ކުރި މީހުންގެ ތެރޭގައެވެ. މައުމޫން ހަވަނަ ދައުރަކައް ޤާނޫނީ ހުވައި ކުރެއްވީ 2003 ވަނަ އަހަރުއެވެ. 2008 ވަނަ އަހަރު ހެދި އާ ޤާނޫނު އަސާސީ އަށްފަހު ދިވެހިރާއްޖެ ދިމިޤްރާޠީ ނިޒާމަކަށް ބަދަލުކޮށް، ބޭއްވި ރިޔާސީ އިންތިޙާބުން، މައުމޫން ބަލިވެ، މުޙައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާކަމަށް އިސްވެވަޑައިގަތެވެ. (އަދި އިތުރަށް...)

X-office-calendarދެނެވަޑައިގަންނަވަމުތޯ؟
އިންސާނާގެ ހިތް ބައްޓަން ވެފައިވާ ގޮތް
އިންސާނާގެ ހިތް ބައްޓަން ވެފައިވާ ގޮތް
  • ކޮންމެ ފުއްޕާމޭ އެއްގައި ގާތްގަނޑަކަށް 300 މިލިޔަން ނޭވާލާ ޔުނިޓް ނުވަތަ ކުދި ވައިކޮތަޅު ހުރެއެވެ.
  • ދުވާލެއްގެ މައްޗަށް ބައި ލިޓަރަށްވުރެ ގިނަ ފެން ނޭވާލުމުގެ ޒަރީޢާއިން ހަށިގަނޑުން ބީވެގެން ދެއެވެ.
  • އާފުރުމަކީ ނޭވާލާ ނިޒާމްގައި ހިމެނޭ މައި ގުނަވަން ފުއްޕާމެޔަށް އޮކްސިޖަން ލިބުން އިތުރުކޮށްދޭ ކަމެކެވެ. އާފުރެން ދިމާވަނީ ނިދިއަންނަގޮތް ވުމުން ފުއްޕާމެޔަށް އޮކްސިޖަން ލިބުން މަދުވެ، އެކަން ސިކުނޑިއަށް އިހްސާސް ކުރެވި،ފުން ނޭވާއެއް ލުމުގެ މެސެޖް ސިކުނޑިން ފޮނުވާލާތީ އެވެ.
  • އިންސާނާ ނޭވާލާ ކޮންމެ ފަހަރަކު ހަށިގަނޑަށް 13 ޕިންޓްގެ ވައި އެތެރެވެގެން ދެއެވެ.
  • ދުވާލެއްގެ މައްޗަށް 22 ހާސް ފަހަރު އިންސާނާ ނޭވާލައެވެ. މީގެ ތެރޭގައި އެތެރެއަށް ނޭވާލުމާއި ބޭރަށް ނޭވާލުން ހިމެނެއެވެ.
  • ކިނބިހިއެޅެނީ ނޭފަތުގެ ތެރޭގައި ހުންނަ ނާޒުކު ތެތް ދުލިފަށުގައި ހަށިގަނޑާއި ބީރައްޓަހި މާއްދާއެއް ބީހިލުމުން، އެމާއްދާއެއް ހަށިގަނޑުން ބޭރުކޮށްލުމަށްޓަކައެވެ.
PL_Wiki_Aktualnosci_ikona ޚަބަރުގައި
އަނޫރާ ކުމާރަ ޑިސަނަޔަކަ
އަނޫރާ ކުމާރަ ޑިސަނަޔަކަ
  • އަނޫރާ ކުމާރަ ޑިސަނަޔަކަ (ތަޞްވީރުގައި) 2024ގައި ބޭއްވި ރިޔާސީ އިންތިޙާބުން ކާމިޔާބުކުރައްވައި، އޮޅުދޫކަރައިގެ ރައީސް ކަމުގެ ހުވާކުރައްވައިފި.
  • ލުބުނާނާއި ސީރިއާގައި ހިޒްބުاللهގެ މެމްބަރުން ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތައް ގޮވައިގެން 42 މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަޚަމްވެއްޖެއެވެ.
  • މެދުތެރޭ ޔޫރަޕްގައި ވަރަށް ބޮޑަށް ފެންބޮޑުވުމުގެ ސަބަބުން 25 މީހުން މަރުވެ 11 މީހަކު ގެއްލިއްޖެއެވެ.


X-office-calendar ތާރީޚުގެ ތެރެއިން ސެޕްޓެމްބަރު މަސް
އަދި އިތުރަށް...


PL_Wiki_InM_ikona މި ޙަފްތާއަށް ހޮވާލެވިފައިވާ ތަޞްވީރު
ވެސްޓްމިންސްޓަރ ގަނޑުވަރު، ލަންޑަން
ވެސްޓްމިންސްޓަރ ގަނޑުވަރު، ލަންޑަން

ޕެލަސް އޮފް ވެސްޓްމިންސްޓަރ އަކީ އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ މައި ގެއެވެ. މިތަން ހުންނަނީ އިނގިރޭސިވިލާތުގެ ވެރިކަންކުރާ ސިޓީ، ލަންޑަންގައެވެ. ބިގް ބެން ގެ ނަމުން ނަންދީފައިވާ މި ގަނޑުވަރުގެ އެލިޒަބަތު ޓަވަރަކީ ލަންޑަނާއި އާންމުކޮށް އިނގިރޭސިވިލާތުގެ ފާހަގަކޮށްލެވޭ ތަނެކެވެ. މި ގަނޑުވަރަކީ 1970 ވަނަ އަހަރުން ފެށިގެން ގްރޭޑް އައި ލިސްޓްކޮށްފައިވާ އިމާރާތެއްގެ އިތުރުން 1987 ވަނަ އަހަރުން ފެށިގެން ޔުނެސްކޯގެ ދުނިޔޭގެ ތަރިކަ ސަރަހައްދެއްގެ ބައެކެވެ.

ވިކިޕީޑިއާގެ އެހެން ސަރަހައްދުތައް
  • އެހީ މޭޒު — ބޭނުންކުރާނެ ގޮތާއި ނުވަތަ އުނި އިތުރުކުރާނެ ގޮތާ ބެހޭ ސުވާލުކުރާ މޭޒު.
  • ރެފަރެންސް މޭޒު — ސައިކްލޮޕީޑިކް މައުޟޫޢުތަކާ ބެހޭގޮތުން ދިރާސާ ސުވާލުތައް ކުރުން.
  • ވިލެޖް ޕަމްޕް — ޚުދު ވިކިޕީޑިއާއާ ބެހޭ މަޝްވަރާތަކަށް، ފަންނީ މައްސަލަތަކާއި ބެހޭގޮތުން ސުވާލުތައް ކުރުން.
  • ޢާންމު ހޮޅުއަށި — އެޑިޓަރުންނަށް ޚާއްޞަ މަރުކަޒީ ހަބެއް، ވަސީލަތްތަކާއި، ލިންކްތަކާއި، މަސައްކަތާއި، އިޢުލާންތައް ހިމެނޭ ތަނެއް.
  • ސައިޓް ޚަބަރު — ވިކިޕީޑިއާ އާއި ވިކިމީޑިއާގެ ފުޅާ ހަރަކާތާ ބެހޭ ޚަބަރުތަކުގެ މަސްދަރުތައް.
  • ލޯކަލް އެމްބަސީ — ދިވެހިބަސް ފިޔަވައި އެހެން ބަސްބަހުން ވިކިޕީޑިއާއާ ގުޅުންހުރި މުއާމަލާތްތަކަށްޓަކައި.
ވީކިޕީޑިއާގެ އަޚަވީ މަޝްރޫޢުތައް
ވީކިޕީޑިއާ އަކީ ލާވިޔަފާރީ މުއައްސަސާއެއް ކަމުގައިވާ، ވީކިމީޑިއާ ފައުންޑޭޝަން އިން ޤާއިމުކޮށްފައިވާ މިނިވަން އަދި ޢާއްމު އެކުމާފާނެކެވެ. ވީކިމީޑިއާ ފައުންޑޭޝަނުން ދުނިޔޭގެ ތަފާތު އެކި ބަސްބަހުން ލާވިޔަފާރީ ޢުޞޫލުން މަޢުލޫމާތު ފޯރުކޮށް ދިނުމުގެ އެތައް މަޝްރޫޢެއް ހިންގަމުންދެއެވެ.
އެހެނިހެން ބަސްބަހުން ވިކިޕީޑިއާ