މައި ޞަފްޙާ
މައުމޫން ޢަބްދުލް ޤައްޔޫމް (އުފަންވެ ވަޑައިގަތީ 29 ޑިސެމްބަރ 1937) އަކީ 1978 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުން ފެށިގެން 2008 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަން ކުރެއްވި ބޭފުޅާއެވެ. ދިވެހިރާއްޖޭގެ ވެރިކަމާއި އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ 11 ނޮވެމްބަރ 1978 ގައި ރައީސް އިބްރާހީމް ނާޞިރު އަށް ފަހު ގައެވެ. ތިރީސް އަހަރުގެ ދިގު ވެރިކަމެއްކުރި، އެމަނިކްފާނު ހިމެނިފަވަނީ، އޭޝިއާ ބައްރުގެ އެންމެގިނަ ދުވަހު ވެރިކަމެއް ކުރި މީހުންގެ ތެރޭގައެވެ. މައުމޫން ހަވަނަ ދައުރަކައް ޤާނޫނީ ހުވައި ކުރެއްވީ 2003 ވަނަ އަހަރުއެވެ. 2008 ވަނަ އަހަރު ހެދި އާ ޤާނޫނު އަސާސީ އަށްފަހު ދިވެހިރާއްޖެ ދިމިޤްރާޠީ ނިޒާމަކަށް ބަދަލުކޮށް، ބޭއްވި ރިޔާސީ އިންތިޙާބުން، މައުމޫން ބަލިވެ، މުޙައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާކަމަށް އިސްވެވަޑައިގަތެވެ. (އަދި އިތުރަށް...)
- ކޮންމެ ފުއްޕާމޭ އެއްގައި ގާތްގަނޑަކަށް 300 މިލިޔަން ނޭވާލާ ޔުނިޓް ނުވަތަ ކުދި ވައިކޮތަޅު ހުރެއެވެ.
- ދުވާލެއްގެ މައްޗަށް ބައި ލިޓަރަށްވުރެ ގިނަ ފެން ނޭވާލުމުގެ ޒަރީޢާއިން ހަށިގަނޑުން ބީވެގެން ދެއެވެ.
- އާފުރުމަކީ ނޭވާލާ ނިޒާމްގައި ހިމެނޭ މައި ގުނަވަން ފުއްޕާމެޔަށް އޮކްސިޖަން ލިބުން އިތުރުކޮށްދޭ ކަމެކެވެ. އާފުރެން ދިމާވަނީ ނިދިއަންނަގޮތް ވުމުން ފުއްޕާމެޔަށް އޮކްސިޖަން ލިބުން މަދުވެ، އެކަން ސިކުނޑިއަށް އިހްސާސް ކުރެވި،ފުން ނޭވާއެއް ލުމުގެ މެސެޖް ސިކުނޑިން ފޮނުވާލާތީ އެވެ.
- އިންސާނާ ނޭވާލާ ކޮންމެ ފަހަރަކު ހަށިގަނޑަށް 13 ޕިންޓްގެ ވައި އެތެރެވެގެން ދެއެވެ.
- ދުވާލެއްގެ މައްޗަށް 22 ހާސް ފަހަރު އިންސާނާ ނޭވާލައެވެ. މީގެ ތެރޭގައި އެތެރެއަށް ނޭވާލުމާއި ބޭރަށް ނޭވާލުން ހިމެނެއެވެ.
- ކިނބިހިއެޅެނީ ނޭފަތުގެ ތެރޭގައި ހުންނަ ނާޒުކު ތެތް ދުލިފަށުގައި ހަށިގަނޑާއި ބީރައްޓަހި މާއްދާއެއް ބީހިލުމުން، އެމާއްދާއެއް ހަށިގަނޑުން ބޭރުކޮށްލުމަށްޓަކައެވެ.
- އަނޫރާ ކުމާރަ ޑިސަނަޔަކަ (ތަޞްވީރުގައި) 2024ގައި ބޭއްވި ރިޔާސީ އިންތިޙާބުން ކާމިޔާބުކުރައްވައި، އޮޅުދޫކަރައިގެ ރައީސް ކަމުގެ ހުވާކުރައްވައިފި.
- ލުބުނާނާއި ސީރިއާގައި ހިޒްބުاللهގެ މެމްބަރުން ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތައް ގޮވައިގެން 42 މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަޚަމްވެއްޖެއެވެ.
- މެދުތެރޭ ޔޫރަޕްގައި ވަރަށް ބޮޑަށް ފެންބޮޑުވުމުގެ ސަބަބުން 25 މީހުން މަރުވެ 11 މީހަކު ގެއްލިއްޖެއެވެ.
- ސެޕްޓެމްބަރު 1 - 1980 :- ޞިއްޙަތު ތަރައްގީ ކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އެކުލަވާލި ޗާޓަރުގައި ރާއްޖެއިން ސޮއިކުރުން
- ސެޕްޓެމްބަރު 1 - 1980 :- ހެލްތު ފޯރ އޯލް މެޑަލް ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމް އަށް ލިބިވަޑައިގަތުން
- ސެޕްޓެމްބަރު 4 - 1948 :- މާލޭގެ ހަތަރު އަވަށުގެ ކުޅިވަރު ކްލަބްތައް އުވާލުން
- ސެޕްޓެމްބަރު 5 - 1948 :- ނޫޓް ހިންގުމުގެ ގާނޫނު ފާސްވެ ފުރަތަމަ ފަހަރަށް ނޫޓްހިންގަން ފެށުން
- ސެޕްޓެމްބަރު 7 - 1957 :- ފެތުމުގެ މުބާރާތެއް ފުރަތަމަ ފަހަރަށް ބޭއްވުން
- ސެޕްޓެމްބަރު 8 - 1981 :- ލިޔަންކިޔަން ދަތުމާ ބެހޭ ބައިނަލް އަގްވާމީ ދުވަސް ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުން
- ސެޕްޓެމްބަރު 9 - 1945 :- އަތްތެރި މަސައްކަތުގެ ފުރަތަމަ މައުރަޒު ބޭއްވުން
- ސެޕްޓެމްބަރު 20 - 1944 :- ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ކާބޯތަކެތީގެ މައުރަޒެއް ބޭއްވުން
- ސެޕްޓެމްބަރު 21 - 1965 :- ދިވެހިރާއްޖެ،އެކުވެރި ދައުލަތްތައް ނުވަތަ އދ. ގައި ބައިވެރިވުން
|